ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އަށް މަރުހަބާ
ފަހި ފުރުސަތުތަކަކަށް
މޯލްޑިވްސް އެކްސްޕޯ 2025 އަށް މަރުޙަބާ
އައު އީޖާދުތަކާއި އުފެއްދުންތެރިކަމާއި ބައްދަލުކުރައްވާ
ދިވެހިންގެ ސަޤާފަތާއި ހުނަރާއި އުފެއްދުންތެރިކަމާއި އީޖާދުތައް ދައްކުވައިދޭ ޤައުމީ ފެންވަރުގެ ބޮޑު މައުރަޒު. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިން، އެއްފުރާޅެއްގެ ދަށުން މައުރަޒަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޝައުޤުވެރިކުރުވަނިވި ތަފާތު ތަޖުރިބާތަކަކާ އިހުސާސްތަކެއް ކުރުވާފަދަ އެކި އެކި ހަރަކާތްތައް އެކުލެވޭ ފަސް ޑިސްޓްރިކްޓްއެއް، ޒިޒާރަތްކުރާ ފަރާތްތަކާއި ހަމައަށް ގެނެސްދޭނެ
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 އިން ފެނިގެންދާނެ ކަންކަން
މައުމައުރަޒުގައި އުފެއްދުންތައް ބައިވެރިކުރާ ފަރާތްތަކަށް ހުރި ފުރުޞަތުތައް
އައު ކަސްޓަމަރުންނާ ހަމައަށް ވާޞިލްވެ، ބައިވެރިންގެ އުފެއްދުންތަކާއި ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ހިއްސާކޮށް އިޝްތިހާރު ކުރުމަށްލިބޭ ރަނުގެ ފުރުޞަތެއް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވެވަޑައިގަންނަވާ!
– ދެވަނައެއްނުވާ ފަހި ފުރުސަތެއް
ޒިޔާރަތްކުރާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި:
އަޅުގަނޑުމެންނާ ގުޅުއްވުމަށް:
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ހިމެނޭ ސަރަހައްދުތައް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ހިމެނޭ މައިގަނޑު 5 ސަރަހައްދަށް އަވަސް ކަޅިއެއް:
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ބައްޓަންކުރެވިފައިވަނީ މިފަދަ އެހެނިހެން ބައިނަލްއަޤްވާމީ މައުރަޒުތަކެކޭ އެއްފަދައިން ބައިވެރިންގެ މޮޅެތި އުފެއްދުންތައް ދައްކާލުމާއި، ވީހާވެސް ގިނަބަޔަކަށް ޒިޔާރަތްކުރެވޭފަދަ ތަނަވަސް ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދެވޭނެ އިންތިޒާމުތަކާ އެކު. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ސަރަހައްދުތައް ކަނޑައެޅިފައިވަނީ މައުރަޒަށް ޒިޔާރަތްކުރާ ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅަކު ޝައުޤުވެރިވާ ސަރަހައްދަކަށްގޮސް ހަނދާނީ ތަޖުރިބާތަކެއްކޮށްލެވޭ ފަދަ އިންތިޒާމްތަކަކާއެކު
ދިވެހިރާއްޖޭގެ އުފެއްދުންތެރި އިޤުތިސާދާގުޅޭ އިސްތިރާޖީ ޕްލޭންގައި އަމަލީ ސިފަ ޖެހިގެން އަންކަމުގެ އަލިގަދަ ހެއްކަކަށްފުދޭ މި ޑިސްޓްރިކްޓަކީ ދިވެހި ފަންނުވެރިންގެ ހުނަރުތައް އެއްތަނަކުން ފެނިގެންދާނެ، ޑިސްޓްރިކްޓެއް. މި ޑިސްޓްރިކްޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަންނުވެރިންގެ މަސައްކަތްތެރިކަމާއި ގެންގުޅޭ އުކުޅުތައް ގާތުން ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ. އަދި ވޯކްޝޮޕްތަކާއި ޒިޔާރަތްކުރާ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ އިތުރު ހަރަކާތްތައްވެސް މި ޑިސްޓްރިކްޓުގައި ކުރިއަށްދާނެ.
އުފެއްދުންތެރި އިޤުތިސާދީ ޑިސްޓްރިކްޓް
މި ޑިސްޓްރިކްޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޒަމާނީ ތަރައްޤީއާއި ޓެކްނޮލޮޖީގެ ދާއިރާގައި ދިވެހިންނަށް އޮތް އުޖާލާ މުސްތަޤުބަލު ތަސައްވަރުކޮށްލެވޭނެ. ދިވެހިންގެ އަމިއްލަވަންތަ، އިންޤިލާބީ ބަދަލުތައް ގުނެސްދޭނެ ތަފާތު އެކި ސޮފްޓްވެއާތަކާއި، ދިވެހި އިންޖިނެއިރުންގެ ހުނަރު ދައްކުވައިދޭ އުފެއްދުންތަކާއި، ތަރައްޤީވަމުންއަންނަ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އުފައްދާފައިވާ އުފެއްދުންތައް މި ޑިސްޓްރިކްޓްއިން ތަޖުރިބާކޮށްލެވޭނެ.
ޑިޖިޓަލް އަދި އީޖާދީ ޑިސްޓްރިކްޓް
މައުރަޒުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ މައި ޑިސްޓްރިކްޓުގެ ގޮތުގައި ފާހަގަ ކުރެވިގެންދާ މި ޑިސްޓްރިކްޓަކީ ހުރިހާ އުމުރުފުރާއަކާގުޅޭ މުނިފޫހި ފިލުވުމުގެ އެކި ހަރަކާތްތަށް ކުރިއަށްދާނެ ޑިސްޓްރިކްޓެއް. ފަންނާނުން ވަގުތުން ހުށަހަޅައިދޭ ޝޯތަކުން ފެށިގެންގޮސް ތަފާތު އެކި ކުޅިވަރުގެ ހަރަކާތްތައް މި ޑިސްޓްރިކްޓުގައި ކުރިއަށްދާނެ.
މުނިފޫހިފިލުވުމުގެ ޑިސްޓްރިކްޓް
ސަޤާފަތާއި އުފެއްދުންތެރި އީޖާދުތައް އެއްތަނަކުން
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025
ޒަމާނީ އުފެއްދުންތެރި ވިސްނުމާއި ދިވެހި ސަޤާފަތް ރަމްޒުކޮށްދޭ އުފެއްދުންތަކާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އުފެއްދުންތައް ފެނިގެންދާނެ ބޮޑު މައުރަޒު.

ޒަމާނުންސުރެ ވާރުތަވަމުން އަންނަ ދިވެހީންގެ އުފެއްދުންތެރިކަމާއި ހުނަރުތައް
ދިވޭހީންގެ އުފެއްދުންތެރިކަމުގައި ހުނަރުތައް
ރަށުފެންވަރުގައި ދައްކާލުން
މައުރަޒުން ފެނިގެންދާނެ ބައެއް ގިންތިތައް

އާދަކާދައާއި އީޖާދުތައް ފާހަގަކުރުން
ދިވެހީންގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު.
މީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ އުފެއްދުންތެރިކަން ދައްކުވައިދޭ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ތަރިކަ ރަމްޒުކޮށްދޭ މައުރަޒެއް. މި މައުރަޒުގައި އާދަކާދައިގެ އަތްތެރި މަސައްކަތްތަކާއި ޒަމާނީ އުފެއްދުންތެރި މަސައްކަތްތައް ފެނިގެންދާނެ.

ދިވެހިރާއްޖޭގެ
ފަންނުވެރިކަމާއި ޘަޤާފީ ކަންކަމުގެ ހިތް
ހުރިހާ ސަރަޙައްދުތަކުން
ހާސްގިނަ ފަންނާނުންނާއި އުފެއްދުންތެރިން
ފެނިވަޑައިގަންނަވާނެ ކަންކަން
