އުފެއްދުންތެރިކަމާއި، އައު އީޖާދުތަކާއި، މުނިފޫހިފިލުވުމާއި މަސައްކަތްތެރިކަމާއި ވިޔފާރީގެ ހަރަކާތްތައް ދައްކުވައިދޭ ބައިނަލްއަޤްވާމީ ހަރަކާތް
އުފެއްދުންތެރިކަމާއި، އައު އީޖާދުތަކާއި، މުނިފޫހިފިލުވުމާއި އަދި ވިޔަފާރި ދައްކުވައިދޭ ބައިނަލްއަޤްވާމީ ހަރަކާތް
މައުރަޒުގެ ތާރީޚް.
ފަނޑުވުމެއްނެތް އުފެއްދުންތެރިކަމުގެ ސިލްސިލާއެއް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ 30 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް މައުރަޒެކެވެ. ދިވެހި ހުނަރުވެރިންގެ އުފެއްދުންތައް އާންމުންނާ ހަމައަށް ފޯރުކޮށްދީ ދިވެހިންގެ އުފެއްދުންތެރިކަން ހާމަކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ މި މައުރަޒަކީ ޤައުމީ ފެންވަރުގައި ކޮންމެ އަހަރަކުހެން ބާއްވަމުން އައި ބޮޑު މައުރަޒެކެވެ. މި މައުރަޒު އެކްސްޕޯއެއްގެ ސިފާގައި އެންމެ ފުރަތަމަ ބޭއްވުނީ 2015 ވަނަ އަހަރުއެވެ. މިއަހަރު މޭމަހު ބޭއްވުމަށް ހަމަޖެހިފައިވާ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ފާހަގަކުރެވިގެންދަނީ ރާއްޖޭގެ އެންމެ ގިނަބަޔަކު އިންތިޒާރުކުރާ އެއް އިވެންޓުގެ ގޮތުގައެވެ.
2015.
އެކްސްޕޯ މޯލްޑިވްސް

އެކްސްޕޯ މޯލްޑިވްސް 2015 އަކީ އެކްސްޕޯއެއްގެ ސިފައިގައި ބޭއްވުނު މިފަދަ ފުރަތަމަ މައުރަޒެވެ. ވެރިރަށް މާލޭގައި ބޭއްވުނު މި މައުރަޒު އިންތިޒާމުކޮށް ކުރިއަށް ގެންގޮސްފައިވަނީ ދަރުބާރުގޭގައެވެ.
2019.
ފަންނު އެކްސްޕޯ

2019 ވަނަ އަހަރު ފަންނު އެކްސްޕޯގެ ނަމަށް މައުރަޒުގެ ނަން ބަދަލުކޮށް، ޤައުމީ ފެންވަރުގައި އެކްސްޕޯއެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ މާލެ ސިޓީގެ ދަރުބާރުގޭގައި ބާއްވާފައިވެއެވެ.
ކުރިމަގު
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ބައްޓަންކުރެވިފައިވަނީ މިފަދަ އެހެނިހެން ބައިނަލްއަޤްވާމީ މައުރަޒުތަކެކޭ އެއްފަދައިން ބައިވެރިންގެ މޮޅެތި އުފެއްދުންތައް ދައްކާލުމާއި، ވީހާވެސް ގިނަބަޔަކަށް ޒިޔާރަތްކުރެވޭފަދަ ތަނަވަސް ސަރަހައްދުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދެވޭނެ އިންތިޒާމުތަކާ އެކުއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ސަރަހައްދުތައް ކަނޑައެޅިފައިވަނީ މައުރަޒަށް ޒިޔާރަތްކުރާ ކޮންމެ ބޭފުޅަކަށްވެސް އެބޭފުޅަކު ޝައުޤުވެރިވާ ސަރަހައްދަކަށްގޮސް ހަނދާނީ ތަޖުރިބާތަކެއް ކޮށްލުމަށްލިބޭނެ އިންތިޒާމުތަކާއެކުގައެވެ.