ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި އަދި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ފަންނުވެރިންގެ ހުނަރުވެރި އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދޭނެ ޝަރަފުވެރި މައުރަޒު.

މި މައުރަޒު ދިވެހި ފަންނުވެރިންގެ ހުނަރުތައް ދައްކުވައިދޭ އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދީ، ދިވެހި އުފެއްދުންތެރިކަމާއި އުފެއްދުންތެރިންގެ އަގު ވަޒަންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ފަންނުވެރިންގެ އުފެއްދުންތައް އުފެއްދުމަށް ބާރަކަށް ވެގެންދާނެ.

މީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގެ އުފެއްދުންތެރިކަން ދައްކުވައިދޭ، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ތަރިކަ ރަމްޒުކޮށްދޭ މައުރަޒެއް. މި މައުރަޒުގައި އާދަކާދައިގެ އަތްތެރި މަސައްކަތްތަކާއި ޒަމާނީ އުފެއްދުންތެރި މަސައްކަތްތައް ފެނިގެންދާނެ.

ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު، ބައިވެރިވާން ފަސޭހަވާނެ.

ރެޖިސްޓަރ

ރިޖިސްޓަރ ކުރުމަށްފަހު ހުށަހަޅުއްވަން ބޭނުންވެލައްވާ ތަކެތި ތައްޔާރު ކުރައްވާ

ހުށަހެޅުން

ހުށަހަޅުއްވައިގެން އެތައްހާސް އެހެން ފަރާތްތަކާ ވާދަކުރައްވާ

އިނާމު

ވަނަތައް ހާސިލުކުރައްވައިގެން ނަން މަޝްހޫރު އުފެއްދުންތެރިއަކަށް ވަމާ

ދިވެހި އުފެއްދުންތެރިއެއްތަ؟ ކުޅަދާނަ ފަންނުވެރިއެއްތަ؟ މަޢުރަޒަށް ތަކެތި ހުށަހެޅުމަށް އަވަހަށް ރެޖިސްޓަރ ކޮށްލައްވާ.

ދިވެހި އުފެއްދުންތެރިއެއްތަ؟ ކުޅަދާނަ ފަންނުވެރިއެއްތަ؟ މަޢުރަޒަށް ތަކެތި ހުށަހެޅުމަށް އަވަހަށް ރެޖިސްޓަރ ކޮށްލައްވާ.

އަހަރުތަކެއްގެ ފޮނިމީރުކަން: މުއްސަނދި އުފެއްދުންތެރިކަމަށް ޝުކުރު ހައްޤު

އާދަކާދައާއި އީޖާދުތައް ފާހަގަކުރުން

ޒިޔާރަތްކުރައްވާ ފަރާތްތަކަށް ފެނިވަޑައިގަންނަވާނެ ކަންކަން:

  • ދިވެހީންގެ ހުނަރުވެރިކަމުގެ އަލީގައި ތައްޔާރުކޮށްފައިވާ ތަފާތު ގިނަ ދާއިރާތަކެއްގެ އުފެއްދުންތައް.

  • ޒަމާންވީ ދިވެހި އުފެއްދުންތަކާއި އަދި ޒަމާނީ ގޮތުން ދިވެހިން ހޯދާފައިވާ ކުރިއެރުން.

  • އަތްތެރި މަސައްކަތުގެ އެކި ބާވަތުގެ އުފެއްދުންތަކާއި މަސައްކަތާއި ގުޅޭ ތަފްސީލުތައް.

  • މި ޝަރަފުވެރި މައުރަޒުގައި ޙައްސަ ވަނަތަށް ހޯދާފައި މޮޅެއްތި އުފެއްދުންތައް.

  • ފަންނުވެރިންގެ އުފެއްދުންތެރި އުފެއްދުންތައް ބައްލަވައިގަތުމަށްޓަކައި ނީލަމުގައި ބައިވެރުވުމުގެ ފުރުސަތުތައް.

  • ޖަޒީރާވަންތަ މި ކުޑަކުޑަ ދިވެހިރާއްޖެ އިޤްތިސާދީ ގޮތުން ކާމިޔާބު މުސްތަޤުބަލެއް ހޯދުމަށްޓަކައި ކުރަމުންދާ ހިތްވަރު.