• ހޮޓްލައިން: 7283886 (960) +

  • ހޮޓްލައިން: 7283886 (960) +

ސުވާލާއި ޖަވާބު.

ސުވާލާއި ޖަވާބު.

ސުވާލާއި ޖަވާބު2024-12-06T20:41:48+00:00

އާމުކޮށް ކުރެވޭ ސުވާލާއި އޭގެ ޖާވާބު.

ތިޔަ ހޯއްދަވާ މަޢުލޫމާތެއް ނުލިބުނުތަ؟ އިތުރު ސުވާލު ހުރިނަމަ އަޅުގަނޑުމެންނާ ގުޅުއްވާ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ކޮބާ؟2024-12-10T07:13:24+00:00

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާ ގުޅިގެން އިންތިޒާމުކުރާ މައުރަޒެކެވެ. މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މެއިމަހުގެ 23 ން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި މައުރަޒުގެ މަޤްޞަދަކީ ޒަމާނީ އީޖާދީ ޚިޔާލުތަކުން ޚިޔާލު ލިބިގެން އުފައްދާ އައު އުފެއްދުންތައް ތަޢާރަފުކުރުމާއި، ދިވެހިންގެ އަތްތެރި މަސައްކަތްތައް ދަމަހައްޓައި، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ކުރިއެރުވުމެވެ. މި އިސްނެގުމާއެކު ދިވެހިންގެ އަތްތެރި މަސައްކަތްތަކާއި އީޖާދީ ޚިޔާލުތައް ދައްކުވައިދީ ކުރިއެރުވުމަށް މަސައްކަތްކުރެވޭނެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ މަޤްޞަދަކީ ކޮބާ؟2024-12-10T07:12:38+00:00
  • ދިވެހި އުފެއްދުންތެރިންނާއި ފަންނުވެރިންގެ ހުނަރު އިތުރުކޮށް، އެފަރާތްތަކުގެ ހުނަރުވެރި އުފެއްދުންތައް އެއްތަނަކުން ދައްކައިލެވޭނެ ފުރުޞަޠު ފަހިކޮށްދިނުން.
  • މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ ޤައުމީ އޮނިގަނޑެއް އެކުލަވާލައި، ވާދަވެރި މާޙައުލެއްގައި މަސައްކަތްތެރިންގެ އަގު ވަޒަންކުރުން.
  • ދިވެހިރާއްޖޭގައި އުފެއްދުންތެރިކަމަށް މަގުފަހިވާނެ މާޙައުލެއް ޤާއިމުކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކޮށް، ހުރިހާ ދާއިރާއެއްގައިވެސް އުފެއްދުންތެރިކަމާއި އީޖާދީ ޚިޔާލުތައް އުފެއްދުމަށް ހިތްވަރުދިނުން.
  • އުފެއްދުންތަކަށް ވާދަވެރި ބާޒާރެއް އުފައްދައި، ހީނަރުވަމުން އަންނަ އުފެއްދުންތަކާއި އަލަށް ތަޢާރަފުވާ އުފެއްދުންތަކަށް ހިތްވަރުދީ، ޤައުމަށް މަންފާކުރަނިވި އުފެއްދުންތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުން.
  • ބާޒާރުގައި ރާއްޖޭގައި އުފައްދާ ތަކެތީގެ ލިބެންހުންނަ މިންވަރު އިތުރުކޮށް، ދެމެހެއްޓެނިވި ވިޔަފާރިއަށް މަގުފަހިކުރުން.
  • ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ކުރު މުއްދަތެއްގައި އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރުއެޅުން.
  • ޒަމާނާ ގުޅޭ އީޖާދީ ޚިޔާލުތަކާއި މިހާރުގެ ޒަމާނަށް ފެތޭ އުފެއްދުންތެރިކަން ކުރިއެރުވުން.
  • ދިވެހިރާއްޖޭގެ ސަގާފީ އުފެއްދުންތެރިކަން މިހާރުގެ ޒަމާނާ ގުޅޭގޮތަށް އާލާކުރުން.
  • ރާއްޖޭގައި އުފައްދާ ތަކެއްޗާއި އެތަކެތި އުފައްދާ ފަރާތްތައް ފާހަގަކުރުން.
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވެވޭނީ ކޮން ފަރާތްތަކަކަށް؟2024-12-18T12:15:23+00:00
  1. އަމިއްލަ ފަރުދުން
  2. ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
  3. ސިޓީ ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ
  4. ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ދާއިރާ
  5. ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
  6. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
  7. ޖަމުއިއްޔާ ޖަމާޢަތްތަކުގެ ދާއިރާ
ވަކި ފަރުދަކަށް އޭނާގެ އުފެއްދުން އެހެން ދާއިރާއެއްގައި ބައިވެރިކުރެވިދާނެތޯ؟2024-12-10T07:10:24+00:00

ވަކިވަކި ފަރުދުން އެމީހުންގެ އުފެއްދުންތަކާއެކު ބައިވެރިވާއިރު، ތިރީގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުގެ ތެރެއިން ކެޓަގަރީއެއްގައި އެ އުފެއްދުންތައް ބައިވެރިކުރެވިދާނެއެވެ:

  • ރަށު ފެންވަރުގައި އުފެއްދުންތައް ބައިވެރިކުރާ ދާއިރާ
  • ސިޓީ ފެންވަރުގައި އުފެއްދުންތައް ބައިވެރިކުރާ ދާއިރާ
  • ތަޢުލީމީ މުއައްސަސާތަކުގެ ދާއިރާ
ވަކިވަކި ފަރުދުންގެ ކެޓަގަރީ ފިޔަވައި އެހެން ދާއިރާތަކުން އުފެއްދުންތައް ބައިވެރިކުރުމަށް ޚާއްޞަ ޝަރުތުތަކެއް ވޭތޯ؟2024-12-10T07:08:57+00:00

ވަކި ފަރުދަކު އުފައްދާފައިވާ އެއްޗެއް، ކޮންމެ ކެޓަގަރީއެއްގައި ވިޔަސް ބައިވެރިކުރެވޭނީ އެ އެއްޗެއް އުފެއްދި ފަރާތާއި އެ އެއްޗެއް ހުށަހަޅާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ:

  1. މި އުސޫލުގެ ބޭނުމަށް، އެ އެއްޗެއް އުފެއްދި ފަރާތާއި، އެ އެއްޗެއް މައުރަޒުގައި ބައިވެރިކުރުމާ ގުޅޭގޮތުން ބައިވެރިވާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްކަން؛
  2. ބައިވެރިކުރާ އެއްޗެއް އުފެއްދި ފަރާތް ސާފުކޮށް އެނގޭގޮތަށް ބަޔާންކުރުން؛
  3. އެއްބަސްވުމުގެ ދަށުން މައުރަޒުގައި ބައިވެރިކުރާ އެއްޗަކީ ކޮބައިކަން ބަޔާންކުރުން؛
  4. މި އެއްބަސްވުމުގެ ސަބަބުން އެ އެއްޗެއްގެ ވެރިފަރާތުގެ މިލްކުވެރިކަމަށް އަސަރެއް ނުކުރާނެކަން ބަޔާންކުރުން؛
  5. މި އުސޫލަށް ޢަމަލުކުރުމަށް ދެފަރާތުން އެއްބަސްވުން؛
  6. ދެފަރާތުން އެއްބަސްވާ އެހެނިހެން ކަންކަން.
  7. މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ދެފަރާތުގެ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް އަދި ސޮޔާއި އިނގިލީގެ ނިޝާން ހިމަނަންވާނެއެވެ. އަދި އެ އެއްބަސްވުން ހެދީ އެ މީހުންގެ ހާޒިރުގައިކަން ކަށަވަރުކޮށްދޭ ހެކިންގެ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް އަދި ސޮޔާއި އިނގިލީގެ ނިޝާން ހިމަނަންވާނެއެވެ.
މައުރަޒުގައި ތަކެތި ބައިވެރިކުރެވޭނެ ބައިތަކަކީ ކޮބާ؟2024-12-10T07:01:43+00:00

މައުރަޒުގައި ބައިވެރިވުމަށް މައިގަނޑު 15 ބައިން، ޖުމްލަ 81 ގިންތިއަކަށް އުފެއްދުންތައް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މައުރަޒުގެ އުޞޫލުގައި މީގެ ތަފްޞީލް ހިމެނޭނެއެވެ.

މައިގަނޑު 15 ބައި:

  1. އަތްތެރި މަސައްކަތް
  2. ދަނޑުވެރިކަން
  3. މަސްވެރިކަން
  4. ދަތުރުފަތުރު
  5. ޢިމާރާތްކުރުން
  6. މަޢުލޫމާތާއި މުވާޞަލާތީ ޓެކްނޮލޮޖީ
  7. އުފެއްދުންތެރި ކުރެހުމާއި ޑިޒައިން
  8. ފެޝަން އެންޑް ޑިޒައިން
  9. ގަހަނާ އާއި އެއާ ގުޅޭ ތަކެތި
  10. ހަކަތަ
  11. ކާބޯތަކެތި
  12. މެޝިނަރީ އަދި އިކުއިޕްމަންޓް
  13. ލަކުޑިން އުފައްދާ ތަކެތި
  14. އަދަބީ މަސައްކަތްތައް
  15. އެހެނިހެން
މައުރަޒަށް ހުށަހަޅާ ތަކެތީގައި ހުންނަންވާނެ ޝަރުތުތަކަކީ ކޮބާ؟2024-12-10T06:54:37+00:00
  • މައުރަޒަށް ހުށަހަޅާ މެޝިނަރީ އަދި އެފަދަ ތަކެތި ވާންވާނީ 1 ޖަނަވަރީ 2015 ގެ ފަހުން އުފައްދާފައިވާ ތަކެއްޗަށެވެ. އެހެނިހެން ހުރިހާ އުފެއްދުންތަކެއް ވާންވާނީ 1 ޖަނަވަރީ 2020 ގެ ފަހުން އުފައްދާފައިވާ ތަކެއްޗަށެވެ.
  • ކުރިން ޤައުމީ ފެންވަރުގެ އެއްވެސް މައުރަޒެއް ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ތަކެތި މި މައުރަޒުގައި ބައިވެރިކުރުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
  • މައުރަޒަށް ހުށަހަޅާ ތަކެތި ހުންނަންވާނީ މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ލޭބަލް ކުރެވިފައެވެ.
ހުށަހަޅާ އުފެއްދުންތައް ވަޒަންކުރާނެ މިންގަނޑުތަކަކީ ކޮބާ؟2024-12-10T06:36:14+00:00
  • ފަރުމާގެ ފުރިހަމަކަމާއި، ކުރެހުމުގެ ފުރިހަމަކަމާއި، އައު ޚިޔާލުތަކުގެ އަސްލުވެރިކަން
  • އުފެއްދުމުގައި ފަރުދުގެ ހުނަރު ދައްކުވައިދޭ މިންވަރު
  • މިޒަމާނުގެ ދިރިއުޅުމުގެ ބޭނުންތަކަށް އަމާޒުކޮށް އުފެއްދުން ފަރުމާކޮށް އުފައްދާފައިވާ މިންވަރު
  • އުފެއްދުން ޕެކޭޖުކޮށް، ގެންގުޅެ އަދި ބޭނުންކުރުމުގެ ފަސޭހަކަމާއި، އިޝްތިހާރު ކުރުމާއި މަރުކާ ކުރުމުގެ ހަރުދަނާކަން
  • އުފެއްދުމުގައި ބޭނުންކޮށްފައިވާ ތަކެތި
  • އުފެއްދުން މާކެޓްކުރެވޭނެ މިންވަރު
  • އުފެއްދުމަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުމަކަށްވާ މިންވަރު
މައުރަޒުގައި އިނާމު ލިބެނީ ކޮން ފަރާތްތަކަކަށް؟2024-12-10T06:27:29+00:00
  • މައިގަނޑު ކެޓަގަރީތަކުގެ އިނާމު: މައުރަޒުގައި ބައިވެރިކުރާ ތަކެތީގެ ކޮންމެ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވޭނެއެވެ.
  • ހުރިހާ ކެޓަގަރީތަކުގެ އިނާމު: މައުރަޒުގައި ބައިވެރިކުރާ ތަކެތީގެ ކޮންމެ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވޭނެއެވެ.
  • ރަށު/ސިޓީ ފެންވަރުގެ އިނާމު: 1 ވަނަ ރަށް/ސިޓީ، 2 ވަނަ ރަށް/ސިޓީ، އަދި 3 ވަނަ ރަށް/ސިޓީ
  • ރަން އިނާމު (މުޅި މައުރަޒުގެ އެންމެ ރަނގަޅު 5 އުފެއްދުން): މައުރަޒުގައި ބައިވެރިކުރާ ތަކެތީގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން 85 އިންސައްތައަށްވުރެ މަތިން މާކްސް ލިބޭ ތަކެތި މުޅި މައުރަޒުގެ ރަން އިނާމަށް ވާދަކުރުމުގެ ފުރުޞަތު ލިބޭނެއެވެ. މީގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅުއްވާ އެންމެ ރަނގަޅު 5 އުފެއްދުމަށް ރަން އިނާމު ދެވޭނެއެވެ.
  • ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގެ ކޮންމެ ކެޓަގަރީއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ
މައުރަޒުގައި ވަނަތައް ހޮވުމަށް ދެވޭ މާކްސްއަކީ ކޮބާ؟2024-12-10T06:07:15+00:00

ވަނަތައް ހޮވުމަށް ދެވޭ މާކްސް:

ވަނަ މާކްސް (އިންސައްތަ)
1 85 އިންސައްތަ މާކްސްއަށްވުރެ މަތިން
2 65 އިންސައްތަ މާކްސްއަށްވުރެ މަތިން
3 50 އިންސައްތަ މާކްސްއަށްވުރެ މަތިން

ނޯޓު:

މައުރަޒުގައި ހިމެނޭ ދާއިރާތަކުގެ ތެރެއިން ވަނަތައް ހޮވުމަށް، އެ ދާއިރާއެއްގައި މަދުވެގެން 5 ބައިވެރިން ތިބެންވާނެއެވެ. އަދި ކޮންމެ ދާއިރާއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް، ބައިވެރިން ތިރީގައިވާ ތާވަލުގައި ބަޔާންކޮށްފައިވާ އެވްރެޖް މާކްސް ހޯދަންވާނެއެވެ:

ވަނަ މާކްސް (އިންސައްތަ)
1 85 އިންސައްތަ މާކްސްއަށްވުރެ މަތިން
2 65 އިންސައްތަ މާކްސްއަށްވުރެ މަތިން
3 50 އިންސައްތަ މާކްސްއަށްވުރެ މަތިން
މައުރަޒުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބާ؟2024-12-10T06:31:47+00:00

މި މައުރަޒުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ބޭފުޅުން، ބައިވެރިވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ‘ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 – ރަޖިސްޓްރޭޝަން’ އޮންލައިން ރަޖިސްޓްރޭޝަން ފޯމު މެދުވެރިކޮށް ފޯމު ހުށަހަޅުއްވަންވާނެއެވެ. މި މައުރަޒުގައި ބައިވެރިވެވޭނީ، މައުރަޒުގެ އުޞޫލުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށެވެ.