ވަކި ފަރުދަކު އުފައްދާފައިވާ އެއްޗެއް، ކޮންމެ ކެޓަގަރީއެއްގައި ވިޔަސް ބައިވެރިކުރެވޭނީ އެ އެއްޗެއް އުފެއްދި ފަރާތާއި އެ އެއްޗެއް ހުށަހަޅާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި އަންނަނިވި ބައިތައް ހިމަނަންވާނެއެވެ:
- މި އުސޫލުގެ ބޭނުމަށް، އެ އެއްޗެއް އުފެއްދި ފަރާތާއި، އެ އެއްޗެއް މައުރަޒުގައި ބައިވެރިކުރުމާ ގުޅޭގޮތުން ބައިވެރިވާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްކަން؛
- ބައިވެރިކުރާ އެއްޗެއް އުފެއްދި ފަރާތް ސާފުކޮށް އެނގޭގޮތަށް ބަޔާންކުރުން؛
- އެއްބަސްވުމުގެ ދަށުން މައުރަޒުގައި ބައިވެރިކުރާ އެއްޗަކީ ކޮބައިކަން ބަޔާންކުރުން؛
- މި އެއްބަސްވުމުގެ ސަބަބުން އެ އެއްޗެއްގެ ވެރިފަރާތުގެ މިލްކުވެރިކަމަށް އަސަރެއް ނުކުރާނެކަން ބަޔާންކުރުން؛
- މި އުސޫލަށް ޢަމަލުކުރުމަށް ދެފަރާތުން އެއްބަސްވުން؛
- ދެފަރާތުން އެއްބަސްވާ އެހެނިހެން ކަންކަން.
- މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އެއްބަސްވުމުގައި ދެފަރާތުގެ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް އަދި ސޮޔާއި އިނގިލީގެ ނިޝާން ހިމަނަންވާނެއެވެ. އަދި އެ އެއްބަސްވުން ހެދީ އެ މީހުންގެ ހާޒިރުގައިކަން ކަށަވަރުކޮށްދޭ ހެކިންގެ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް އަދި ސޮޔާއި އިނގިލީގެ ނިޝާން ހިމަނަންވާނެއެވެ.