• ދިވެހި އުފެއްދުންތެރިންނާއި ފަންނުވެރިންގެ ހުނަރު އިތުރުކޮށް، އެފަރާތްތަކުގެ ހުނަރުވެރި އުފެއްދުންތައް އެއްތަނަކުން ދައްކައިލެވޭނެ ފުރުޞަޠު ފަހިކޮށްދިނުން.
  • މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ ޤައުމީ އޮނިގަނޑެއް އެކުލަވާލައި، ވާދަވެރި މާޙައުލެއްގައި މަސައްކަތްތެރިންގެ އަގު ވަޒަންކުރުން.
  • ދިވެހިރާއްޖޭގައި އުފެއްދުންތެރިކަމަށް މަގުފަހިވާނެ މާޙައުލެއް ޤާއިމުކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކޮށް، ހުރިހާ ދާއިރާއެއްގައިވެސް އުފެއްދުންތެރިކަމާއި އީޖާދީ ޚިޔާލުތައް އުފެއްދުމަށް ހިތްވަރުދިނުން.
  • އުފެއްދުންތަކަށް ވާދަވެރި ބާޒާރެއް އުފައްދައި، ހީނަރުވަމުން އަންނަ އުފެއްދުންތަކާއި އަލަށް ތަޢާރަފުވާ އުފެއްދުންތަކަށް ހިތްވަރުދީ، ޤައުމަށް މަންފާކުރަނިވި އުފެއްދުންތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުން.
  • ބާޒާރުގައި ރާއްޖޭގައި އުފައްދާ ތަކެތީގެ ލިބެންހުންނަ މިންވަރު އިތުރުކޮށް، ދެމެހެއްޓެނިވި ވިޔަފާރިއަށް މަގުފަހިކުރުން.
  • ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެންމެ ކުރު މުއްދަތެއްގައި އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރުއެޅުން.
  • ޒަމާނާ ގުޅޭ އީޖާދީ ޚިޔާލުތަކާއި މިހާރުގެ ޒަމާނަށް ފެތޭ އުފެއްދުންތެރިކަން ކުރިއެރުވުން.
  • ދިވެހިރާއްޖޭގެ ސަގާފީ އުފެއްދުންތެރިކަން މިހާރުގެ ޒަމާނާ ގުޅޭގޮތަށް އާލާކުރުން.
  • ރާއްޖޭގައި އުފައްދާ ތަކެއްޗާއި އެތަކެތި އުފައްދާ ފަރާތްތައް ފާހަގަކުރުން.