1. މައުރަޒު 2026 ގައި ބައިވެރިވޭނީ ކޮންފަރާތްތަކަކަށް؟
- އަމިއްލަ ފަރުދުން (ޚާއްސައެހީއަށް ބޭނުންވާ ފަރުދުން ހިމެނޭހެން)
- ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް
- ސަރުކާރުގެ ކުންފުނިތައް
- ޖަމްޢިއްޔާ ޖަމާޢަތްތައް
- ތަޢުލީމުދޭ އިދާރާތައް
2. އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ބައިވެރިވާ ފަރާތްތަކުގެ ޝަރުތުތަކަކީ ކޮބާ؟
އުމުރުން 13 އަހަރު ފުރިފައިވުން.
އުމުރުން 18 އަހަރު ނުފުރޭ ފަރުދުންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްނަމަ.
3. ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިއެއްގެ ހައިސިއްޔަތުން ބައިވެރިވާ ޝަރުތުތަކަކީ ކޮބާ؟
ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވުމާއި، ރަޖިސްޓަރީ އަދާހަމަކޮށްފައިވުން.
ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކޮންމެ ބާވަތެއްގެ ވިޔަފާރިއަކަށްވުން.
4. ސަރުކާރު ކުންފުންޏެއްގެ ހައިސިއްޔަތުން ބައިވެރިވާ ޝަރުތުތަކަކީ ކޮބާ؟
ދިވެހި ސަރުކާރަކީ އެކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރ ކަމުގައިވުން.
ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއްކަމުގައި ވުން.
5. ޖަމްޢިއްޔާ ޖަމާޢަތެއްގެ ހައިސިއްޔަތުން ބައިވެރިވާ ޝަރުތުތަކަކީ ކޮބާ؟
ޤާނޫނު ނަންބަރު 2022/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ގެ ދަށުން އެ ޖަމްޢިއްޔާއެއް ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވުމާއި، ރަޖިސްޓަރީ އަދާހަމަކޮށްފައިވުން.
6. ތަޢުލީމުދޭ އިދާރާއެއްގެ ހައިސިއްޔަތުން ބައިވެރިވާ ޝަރުތުތަކަކީ ކޮބާ؟
ދިވެހިރާއްޖޭގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓަރީކޮށްގެން ހިންގާ ތަޢުލީމުދޭ އިދާރާއެއް ނުވަތަ މަރުކަޒެއްކަމުގައި ވުން.
7. ޚާއްސައެހީ އަށް ބޭނުންވާ ފަރުދުންނަށް ވަކިން ކުރިމަތިލެވިދާނެތަ؟
ދިވެހި ފަރުދުންގެ ތެރޭގައި ހިމެނޭ ޚާއްސައެހީއަށް ބޭނުންވާ ފަރުދުންނަށް އަމިއްލަ ފަރުދުންގެ ގޮތުގައި ނުވަތަ ޚާއްސައެހީއަށް ބޭނުންވާ ފާރާތްތަކުގެ ގޮތުގައި ބައިވެރިވެވިދާނެ.
ޚާއްސައެހީއަށް ބޭނުންވާ ފަރުދެއްގެ ގޮތުގައި ބައިވެރިވާނަމަ:
- ޤާނޫނު ނަންބަރު 2010/8 ގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވުން
- އުމުރުން 13 އަހަރު ފުރިފައިވުން
- 18 އަހަރު ނުފުރޭ ނުވަތަ ބަލެނެވެރިއެއްގެ އިޒުނަ ނުލިބޭ ފަރާތަކަށް ބެލެނެވިރޔާ / ޤާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތުން
8. މައުރަޒުގެ ވާދަކުރާ ބައިގައި ބައިވެރވުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ ކޮބާ؟
- އަމިއްލަ ފަރުދުންގެ ދާއިރާ
- ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ދާއިރާ
- ސަރުކާރުގެ ކުންފުނިތަކުގެ ދާއިރާ
- ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
- ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ
- ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާ
- ރަށް ނުވަތަ ސިޓީތަކުގެ ދާއިރާ
9. އަމިއްލަ ފަރުދުންގެ ދާއިރާގައި ބައިވެރިވެވޭނީ ކޮން ފަރާތްތަކަކަށް؟
މި ދާއިރާގައި ބައިވެރިވެވެނީ އުމުރުން 13 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް އެކަނި.
18 އަހަރު ނުފުރޭ ފަރުދުންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްނަމަ.
10. ވިޔަފާރިތަކުގެ ދާއިރާގައި މައުރަޒުގެ ބައިގައި ބައިވެރިވެވޭނީ ކޮން ފަރާތްތަކަކަށް؟
ޤާނޫނު ނަންބަރު 2014/18 ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިތަކަށް އެކަނި.
މިގޮތުން އަމިއްލަ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި އަދި ކޯޕަރޭޓް ސޮސައިޓީތައް ހިމެނޭނެ.
11. ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާގައި ބައިވެރިވެވޭނީ ކޮން ފަރާތްތަކަކަށް؟
ޤާނޫނު ނަންބަރު 2010/8 ގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ، އުމުރުން 13 އަހަރުން މަތީގެ ފަރުދުން.
18 އަހަރު ނުފުރޭ ފަރާތަކަށް ބައިވެރިވެވޭނީ ބެލެނިވެރިޔާގެ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތްނަމަ.
12. ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާގައި ބައިވެރިވެވޭނީ ކޮންފަރާތްތަކަކަށް؟
ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގަމުންދާ ތަޢުލީމުދޭ އިދާރާތަކާއި މަރުކަޒުތައް.
13. ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާގައި ބައިވެރިވެވޭނީ ކޮން ފަރާތްތަކަކަށް؟
ޤާނޫނު ނަންބަރު 2022/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތައް.
14. ސަރުކާރުގެ ކުންފުނިތަކުގެ ދާއިރާއިން ބައިވެރިވެވޭނީ ކޮން ފަރާތްތަކަކަށް؟
ޤާނޫނު ނަންބަރު 7/2023 (ކުންފުނީގެ ޤާނޫނު)ގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާ ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރ ކަމުގައި ދިވެހި ސަރުކާރު އޮންނަ ކުންފުނިތައް.
15. އަމިއްލަ ދާއިރާގައި ވާދަކުރާ އުފެއްދުމެއް އެހެން ދާއިރާއަކާއި އެސޯސިއޭޓް ކުރެވިދާނެތަ؟
އާއެކެވެ.
އަމިއްލަ ފަރުދުން (ޚާއްސަ އެހީއަށް ބޭނުންވާ ދާއިރާ ހިމެނޭހެން) ގެ އުފެއްދުންތައް ތަޢުލީމުދޭ މަރުކަޒުތަކުގެ ދާއިރާއަށް ނުވަތަ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާއަށް އެސޯސިއޭޓް ކުރެވިދާނެ.
އެއް އުފެއްދުމެއް ދެ ފަރާތަކަށް އެސޯސިއޭޓް ނުކުރެވޭނެ.
16. އަމިއްލަ / ޚާއްސަ ދާއިރާގެ އުފެއްދުމެއް ޖަމްޢިއްޔާ ޖަމާޢަތްތަކާއި އެސޯސިއޭޓް ކުރާނީ ކިހިނެތް؟
މައުރަޒުގައި ބައިވެރިވެފައިވާ ޖަމްޢިއްޔާ ޖަމާޢަތަކުން އެދޭނަމަ، އެ ފަރުދެއްގެ ދ.ރ.އ.ކ ނަންބަރު ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދޭނެ.
އެއިން އެ ފަރުދެއް ޚިޔާރުކުރާ އުފެއްދުންތަކެއް އެ ޖަމްޢިއްޔާއަކާ އެސޯސިއޭޓް ކުރުމުގެ ފުރުސަތު ލިބޭނެ.
އެއް އުފެއްދުމެއް ދެ ފަރާތަކަށް އެސޯސިއޭޓް ނުކުރެވޭނެ.
17. އަމިއްލަ / ޚާއްސަ ދާއިރާގެ އުފެއްދުމެއް ތަޢުލީމުދޭ މަރުކަޒުތަކާއި އެސޯސިއޭޓް ކުރާނީ ކިހިނެތް؟
މައުރަޒުގައި ވާދަކުރާ ތަޢުލީމުދޭ މަރުކަޒަކަށް، އެ މަރުކަޒަކުން ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ނުވަތަ އެ މަރުކަޒެއްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްގެ އުފެއްދުން އެސޯސިއޭޓް ކުރެވިދާނެ.
އެ މަރުކަޒަކުން އެދޭނަމަ ދ.ރ.އ.ކ ނަންބަރު ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދިނުމުން އެ ފަރުދެއް ޚިޔާރުކުރާ އުފެއްދުންތަކެއް އެ މަރުކަޒަކާ އެސޯސިއޭޓް ކުރުމުގެ ފުރުސަތު ލިބޭނެ.
އެއް އުފެއްދުމެއް ދެ ފަރާތަކަށް އެސޯސިއޭޓް ނުކުރެވޭނެ.
18. ބައިވެރިކުރާ އުފެއްދުންތައް ރަށް ނުވަތަ ސިޓީއަކާއި އެސޯސިއޭޓް ކުރެވިދާނެތަ؟
އަމިއްލަ، ޚާއްސަ އެހީ އަދި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ދާއިރާއިން ބައިވެރިކުރާ އުފެއްދުންތައް، ފަރާތުގެ ދާއިމީ އެޑްރެސް / ރަޖިސްޓަރީ އެޑްރެހަށް ނިސްބަތްވާ ރަށް ނުވަތަ ސިޓީއަކަށް އެސޯސިއޭޓް ކުރެވިދާނެ.
19. އުފެއްދުންތައް އެސޯސިއޭޓް ކުރުމަށް ހަދަންޖެހޭނީ ކިހިނެތް؟
އެޕްލިކޭޝަން ފޯމުގައި އެސޯސިއޭޓް ކުރާ އުފެއްދުމެއް ސެލެކްޓްކޮށް، އެސޯސިއޭޓް ކުރާ ޖަމްޢިއްޔާ / ތަޢުލީމުދޭ މަރުކަޒުގެ ނަން ލިޔުމުން އެ ތަނަކަށް އެސޯސިއޭޓް ކުރެވޭނެ.
ރަށަށް / ސިޓީއަށް އެސޯސިއޭޓް ކުރަން ސެލެކްޓް ކުރުމުން ދާއިމީ އެޑްރެސް ނުވަތަ ރަޖިސްޓަރީ އެޑްރެސް ނިސްބަތްވާ ރަށަށް އެސޯސިއޭޓް ކުރެވޭނެ.
20. ރަށް / ސިޓީތަކުގެ ދާއިރާއިން ވާދަކުރާނީ ކިހިނެތް؟
ރަށް / ސިޓީއަށް ވާދަކުރެވޭނީ މައުރަޒުގައި ބައިވެރިވެވޭ ފަރާތްތަކުގެ ތެރެއިން އަމިއްލަ ފަރުދުންނާއި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުން ބައިވެރިކުރާ އުފެއްދުންތައް ކުރާ އެގްރިގޭޓް މާކްސް އަށް ބޭސްކޮށް 1، 2، 3 ވަނަ މަޤާމު ހޮވާގޮތަށް.
އެސޯސިއޭޓް ނުކުރެވޭ ހައިސިއްޔަތުން ރަށް / ސިޓީ ދާއިރާއަށް ވަކިން ހުށަހެޅޭނެ.
21. މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރުމަށް ހުޅުވާލާފައިވަނީ ކިތައް ގިންތިން؟
މައުރަޒުގައި މައިގަނޑު 16 ގިންތިއެއްގެ ދަށުން ތަފާތު 73 ދަށު ގިންތިއެއްގައި އުފެއްދުންތައް ބައިވެރިކުރެވޭނެ.
އެއް އުފެއްދުމެއް ދެ ގިންތިއެއްގައި ބައިވެރި ނުކުރެވޭނެ.
22. މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރެވޭނެ މައިގަނޑު ގިންތިތަކަކީ ކޮބާ؟
- އަތްތެރި މަސައްކަތް
- ދަނޑުވެރިކަން
- މަސްވެރިކަން
- ދަތުރުފަތުރު
- އިމާރާތްކުރުން
- އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
- ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން
- ފެޝަން އެންޑް ޑިޒައިން
- ޖުވެލަރީ އެންޑް އެކްސަސަރީޒް
- އިޔާދަކުރަނިވި ހަކަތަ (ރިނިއުއެބަލް އެނަރޖީ)
- ކާބޯތަކެތި
- މެޝިނަރީ އެންޑް އެކުއިޕްމަންޓް
- ލަކުޑީގެ އުފެއްދުންތައް
- ބަހުގެ އުފެއްދުންތައް
- ދީނީ އުފެއްދުންތައް
- ދިވެހި ބޭސްވެރިކަމާއި، ކޮސްމެޓިކްސް ހިމެނޭހެން އެހެނިހެން އުފެއްދުންތަކުގެ ދާއިރާ
23. މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރުމުގައި ސަމާލުކަންދޭންޖެހޭން ކަންކަމަކީ ކޮބާ؟
- މައުރަޒުގައި ބައިވެރިކުރާ އުފެއްދުމަކީ ޕްރިފެބްރިކޭޓްކޮށްގެން ނުވަތަ އޯޑަރކޮށްގެން ރާއްޖެއިން ބޭރުން ގެނެސްފައިވާ އުފެއްދުމެއް ކަމުގައި ނުވުން.
- މައުރަޒުގައި އެ އުފެއްދުމެއް ބައިވެރިކުރުމަށް އެދި ހުށަހަޅާ ފަރާތަކީ އެ އުފެއްދުމެއްގެ މިލްކުވެރި ފަރާތްކަމުގައިވުން ނުވަތަ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން.
- މީގެ ކުރިން ދިވެހިރާއްޖޭގައި ބާއްވާފައިވާ އުފެއްދުންތެރިންގެ މައުރަޒުގައި ބައިވެރިކޮށް އާންމުންނަށް ދައްކާފައިވާ އުފެއްދުމެއް ކަމުގައި ނުވުން.
- ގިންތިތަކުގައި ހުންނަންޖެހޭ ޚާއްސަ ޝަރުތުތަކެއް ކަނޑައަޅާފައިވާނަމަ، އެ ޝަރުތުތައް އެ އުފެއްދުމުގައި ފުރިހަމަވާކަން.
- އުފެއްދުމުގެ ބާވަތައް ބަލައި، އެންމެ ގުޅުންހުރި ގިންތީގެ ދަށުން ބައިވެރިކުރުމަށް ސަމާލުކަން ދިނުން.
24. މައުރަޒުގައި ގިނަވެގެން އުފެއްދުންތައް ބައިވެރިކުރެވޭނެ އަދަދެއް ކަނޑައެޅިފައިވޭތަ؟
ނޫން. މައުރަޒުގައި ކޮންމެ ބައިވެރިއަކަށްވެސް އެ ބައިވެރިއަކު ބޭނުން އަދަދަކަށް އުފެއްދުންތައް ބައިވެރިކުރެވޭނެ.
25. މައުރަޒުގައި ބައިވެރިކުރުމަށް ހުށަހަޅާ އުފެއްދުމަކީ، ބައިވެރިކުރާ ފަރާތުގެ އަމިއްލަ އުފެއްދުމަކަށް ވާންޖެހޭތަ؟
އަމިއްލަ ފަރުދެއްނަމަ (ޚާއްސަ އެހީއަށް ބޭނުންވާފަރާތްތައް ހިމެނޭހެން) އެހެން ފަރާތެއްގެ އުފެއްދުމެއް ބައިވެރިއެއް ނުކުރެވޭނެ.
އެހެނިހެން ފަރާތްތަކުން ބައިވެރިކުރުމަށް ހުށަހަޅާ އުފެއްދުންތަކުން އެ އުފެއްދުމަކީ އެހެން ފަރާތެއްގެ ނުވަތަ 2 ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްނަމަ، ނުވަތަ މިލްކުވެރިކަން / އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް ހިއްސާވާ އުފެއްދުމެއްނަމަ، އެ ފަރާތްތަކުގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު މައުރަޒުގައި އެ އުފެއްދުން ބައިވެރިކުރެވިދާނެ.
26. އެހެން ފަރާތަކާއި އެސޯސިއޭޓްކޮށް ބައިވެރިކުރުމަށް ހުށަހަޅާ އުފެއްދުންތަކަށް ލިބޭ މާކްސް ހިސާބު ކުރާނީ ކިހިނެތް؟
އަމިއްލަ ފަރުދުންގެ ދާއިރާ، ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ އަދި ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކުގެ ދާއިރާއިން ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެއިން އެހެން ފަރާތަކާއި އެސޯސިއޭޓްކޮށް ބައިވެރިކޮށްފައިވާ އުފެއްދުންތަކަށް ލިބޭ ޖުމުލަމާކްސް އެގްރިގޭޓްކޮށް އެސޯސިއޭޓްކުރާ ފަރާތަށް އިތުރުވެގެންދާނެ.
27. މައުރަޒުގައި ކާބޯތަކެތީގެ ގިންތިތަކުގައި އުފެއްދުންތަކުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތަކަކީ ކޮބާ؟
- މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ އުފެއްދުމަކަށްވުން.
- މައުރަޒުގެ މުއްދަތުގައި އެ އުފެއްދުމުގެ "ޝެލްފް ލައިފް" ދެމިއޮތުން.
28. މައުރަޒުގައި ބައިވެރިކުރުމަށް އުފެއްދުމެއް ހުށަހެޅުމަށްފަހު ނެގިދާނެތަ؟ ނުވަތަ ބަދަލު ކުރެވިދާނެތަ؟
އުފެއްދުމެއް ހުށަހެޅުމަށްފަހު، އެ އުފެއްދުމެއް އަނބުރާ ނަގަން ނުވަތަ ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައަޅާ ވަކި ތާރީޚެއްގެ ކުރިން އެ އުފެއްދުމެއް އަނބުރާ ނެގިދާނެއެވެ. ނުވަތަ ބަދަލުކުރެވިދާނެ.
29. ހުށަހަޅާ ފޯމުގައި ބަޔާންކުރާ މަޢުލޫމާތުގެ އިތުރުން އެޕްލިކޭޝަންއާ ގުޅިގެން އިތުރު މަޢުލޫމާތު ފޯރުކޮށްދޭން ޖެހިދާނެތަ؟
ފޯމާއިއެކު ހުށަހަޅާފައިވާ މަޢުލޫމާތާއި ގުޅުންހުރި އިތުރު މަޢުލޫމާތު ހޯދަންޖެހޭކަމަށް ފަންނީ ކޮމެޓީއަށް ނުވަތަ ފަނޑިޔާރުންގެ ކޮމިޓީއަށް ފެނިއްޖެ ހާލަތެއްގައި، ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ފޯމު ހުށަހެޅި ފަރާތަށް އެންގޭނެ.
މިފަދައިން އިތުރު މަޢުލޫމާތު ހޯދުމަށް އެދެފިނަމަ އެ މަޢުލޫމާތެއް ފޯރުކޮށްދޭންވާނެ.
30. ހުށަހަޅާފައިވާ އުފެއްދުމެއް، އުފެއްދި ފަރާތާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކުގައި ޢަމަލުކުރާނީ ކޮންގޮތަކަށް؟
މިފަދަ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، ބައިވެރިކުރިއިރު ހުށަހަޅާފައިވާ މަޢުލޫމާތުތަކަށް ބެލުމަށްފަހު، އެއީ ގިނަބަޔަކު ނުވަތަ އެހެން މީހެއްގެ އުފެއްދުމެއްގެ ގޮތުގައި ބައިވެރިކުރާ އުފެއްދުމެއް ކަމުގައިވާނަމަ، ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅާފައިވޭތޯ އަލުން ބެލޭނެ.
އަދި ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއް މަދުކަމަށް ފެންނަނަމަ، އެ ލިޔުމެއް ހުށަހެޅުމަށް އެންގޭނެ.
31. މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކަށް ޒިންމާވާނީ ކޮން ފަރާތަކުން؟
މައުރަޒުގައި އުފެއްދުން ބައިވެރިކުރާ ފަރާތުން. އެގޮތުން:
- އުފެއްދުމެއް ބީ.ސީ.ސީ އިން އަންގާ ތާރީޚެއްގައި މައުރަޒު ބާއްވާ ތަނަކަށް ގެނެސް ފަނޑިޔާރުން އިންސާފުކުރުމަށް ޑިސްޕްލޭކުރުން.
- ބީ.ސީ.ސީގެ އިރުޝާދާއި އެއްގޮތަށް އުފެއްދުމުގެ މަޢުލޫމާތު ހިމެނޭ ޑިސްކްރިބްޝަން ހަރުކުރުން.
- އާންމުންނަށް ހުޅުވާލާ ތާރީޚުތަކުގައި ޑިސްޕްލޭ ކުރުމާއި، އެ މުއްދަތުގައި އުފެއްދުމަކަށް ގެއްލުމެއް ނުލިބޭނެހެން ބެލެހެއްޓުން.
މި އެންމެހާ ކަމަކަށް މައުރަޒުގައި އެ އުފެއްދުމެއް ބައިވެރިކުރާ ފަރާތުން ޒިންމާވާނެ.
32. މައުރަޒުގައި ބައިވެރިވާނީ ކިހިނެތް؟
މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ www.expo.mv މެދުވެރިކޮށް އާއްމުކޮށް ހުޅުވާލެވިފަ.
މި ވެބްސައިޓުގައިވާ ލިންކު https://mauraz.expo.mv/login މެދުވެރިކޮށް 31 އޮގަސްޓް 2026 ގެ ކުރިން އޮންލައިން ފޯމު ފުރިހަމަކޮށް ހުށަހެޅުމުން އެޕްލިކޭޝަން ބަލައިގަންނާނެ.
ލިންކަށް ޒިޔާރަތްކޮށް އެކައުންޓެއް ހުޅުވައި ލޮގިންއެއް ހެދުމަށްފަހު، އީމެއިލް މެދުވެރިކޮށް ވެރިފައި ކުރެވިގެން ދާނެ. އެއަށްފަހު ލޮގިން ވެގެން، ބައިވެރިވި ފަރާތުގެ ނަމުގައި އުފެއްދުންތައް ހުށަހުޅޭނެ.
33. މައުރަޒުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ހުށަހެޅުމެއް ނުވަތަ އުފެއްދުމެއް އަނބުރާ ރައްދުކުރުން ނުވަތަ ބާތިލްކުރާނެ ޙާލަތްތަކަކީ ކޮބާ؟
- ފޯމުގައި ލާޒިމުކޮށްފައިވާ މަޢުލޫމާތު ފުރިހަމަ ނުވާނަމަ ނުވަތަ އިތުރު މަޢުލޫމާތު ހޯދުމަށް އެދުމުން ކަނޑައަޅާ މުއްދަތުގައި އެ މަޢުލޫމާތު ފޯރުކޮށްނުދީފައި ނުވުން.
- އުފެއްދުމެއް މައުރަޒުގައި ބައިވެރިނުކުރުމަށް ޝަރުޢީ ކޯޓަކުން އަމުރެއް ނެރެފައިވުން.
- އިންސާފުކުރުމަށް ޑިސްޕްލޭކުރުމަށް ހުށަހަޅާ މުއްދަތުގައި އުފެއްދުމެއް ގެނެސް، ބީ.ސީ.ސީ އިން ކަނޑައަޅާތަނުގައި ޑިސްޕްލޭކޮށްފައި ނުވުން.
- ބީ.ސީ.ސީ އިން ކަނޑައަޅާ ޝަރުތުތަކުގެ ތެރެއިން އެއްވެސް ޝަރުތެއް އުފެއްދުމުގައި ފުރިހަމަނުވުން.
34. މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކުން ވަނަ ނުހޮވާނެ ޙާލަތްތަކަކީ ކޮބާ؟
މައުރަޒުގައި ހިމެނޭ ދާއިރާތަކާއި މައި ގިންތިތަކުން އަދި ދަށު ގިންތިތަކުން ބައިވެރިކުރާ އެއްވެސް އުފެއްދުމަކަށް %65 އަށްވުރެ މަތިން މާރކްސް ލިބިފައިނުވާނަމަ، އެ ދާއިރާއަކުން ނުވަތަ ގިންތިއަކުން ވަނައެއް ނުހޮވޭނެ.
35. މައުރަޒުން ވަނައެއް ލިބިފައިވާ ފަރާތެއްގެ ކިބައިން އެ ވަނެއް ނިގުޅައިގެނެވޭނެ ޙާލަތްތަކަކީ ކޮބާ؟
ނަތީޖާ ފާޅުކޮށް ވަނަތަށް ދިނުމަށްފަހުވެސް، މައުރަޒުގައި އުފެއްދުންތައް ބައިވެރިކުރުމަށް ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް އުފެއްދުމެއް ބައިވެރިކޮށް ވަނައެއް ލިބިފައިވާކަން އެނގިއްޖެނަމަ، އެ ވަނައާ، ސެޓްފިކެޓާއި، އިނާމާއި، ތަށްޓާއި، ފައިސާގެ އިނާމާއި މެޑެލް އަތުލެވޭނެ.
36. މައުރަޒުން ވަނަތައް ހޮވުމުގައި ބަލާނީ ކޮން މިންގަނޑަކަށް؟
މައުރަޒުގައި ވަނަދިނުމުގައި ބަލާނެ އާންމު މިންގަނޑަކީ އަންނަނިވި ކަންކަމަށް ރިއާޔަތްކޮށް ފަނޑިޔާރުންގެ ކޮމިޓީއިން ކަނޑައަޅާ މިންގަނޑު:
- އަމިއްލަ ވަންތަކަން
- ހުނަރުވެރިކަން
- އުފެއްދުމެއްގެ ބޭނުންތެރިކަން
37. މައުރަޒުގެ ރަން ވަނަ ހޮވާނީ ކިހިނެތް؟
މައުރަޒުން ރަން ވަނަ ލިބޭނީ، މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެއިން ދަށު ގިންތިތަކުގެ ބައިގައި 1 ވަނަ އަށް ހޮވާ އުފެއްދުންތަކުގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ 5 އުފެއްދުމެއް ހޮވައިގެން.
38. މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮން ތާރީޚަކު އަދި މައުރަޒު އޮންނާނީ ކޮންތާކު؟
މައުރަޒު އޮންނާނީ 23 އޮކްޓޯބަރ 2026 އިން 31 އޮކްޓޯބަރ 2026 ގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގަ.
39. މައުރަޒުގައި ބައިވެރިކުރާ އުފެއްދުންތައް ބީ.ސީ.ސީ އާއި ހަވާލުކުރަން ޖެހޭނީ ކޮން އިރަކުން؟
އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފުތާގަ.
މަޢުރަޒުގައި ތަކެތި ބައިވެރިކުރާނެ ގިންތިތައް އަދި ކޯޑު
1. އަތްތެރި މަސައްކަތް
| ބާވަތް | ކޯޑު |
|---|---|
| ލިޔެލާޖެހި ތަކެތި | 0101 |
| ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސުވެނިއަރ | 0102 |
| ކަނޑައިނެގުން (ކާވިންގ) | 0103 |
| ކަސަބުން އުފައްދާތަކެތި | 0104 |
| ވިޔުމުގެ މަސައްކަތް | 0105 |
| ކުނަލާއި ކުނަލުގެ އުފެއްދުންތައް | 0106 |
| ގަލުގެ މަސައްކަތް | 0107 |
| އަތްތެރި މަސައްކަތުގެ އެހެނިހެން ބައިތައް | 0108 |
2. ދަނޑުވެރިކަން
| ބާވަތް | ކޯޑު |
|---|---|
| ދަނޑުވެރިކަމުގެ އުފެއްދުންތައް (ވެލިއު އެޑިޝަން) | 0209 |
| ދަނޑުވެރިކަމުގެ ދާއިރާގެ އާ އުފެއްދުން | 0210 |
| ދަނޑުވެރިކަމުގެ އާލާތް (ޓޫލްސް / މެޝިނަރީ) | 0211 |
| ދަނޑުވެރިކަމުގެ މަސައްކަތުގެ އެހެނިހެން އުފެއްދުންތައް | 0212 |
3. މަސްވެރިކަން
| ބާވަތް | ކޯޑު |
|---|---|
| މަހުގެ އުފެއްދުންތައް (ވެލިއު އެޑިޝަން) | 0313 |
| މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުން | 0314 |
| މަސްވެރިކަމުގެ އާލާތް (ޓޫލްސް / މެޝިނަރީ) | 0315 |
| މަސްވެރިކަމުގެ މަސައްކަތުގެ އެހެނިހެން އުފެއްދުންތައް | 0316 |
4. ދަތުރުފަތުރު
| ބާވަތް | ކޯޑު |
|---|---|
| ކަނޑުދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލްތައް | 0417 |
| ކަނޑުދަތުރު އުޅަނދުގައި ބޭނުންކުރާ އާލާތްތައް | 0418 |
| ކަނޑުދަތުރުކުރާ އުޅަންދުގެ އާ އުފެއްދުންތައް | 0419 |
| އެއްގަމުދަތުރުކުރާ އުޅަނދުގެ މޮޑެލްތައް | 0420 |
| އެއްގަމުދަތުރުގެ އުފެއްދުން (މޮޑެލް) | 0421 |
| ދަތުރުފަތުރުގެ އެހެނިހެން އުފެއްދުންތައް | 0422 |
5. އިމާރާތްކުރުން
| ބާވަތް | ކޯޑު |
|---|---|
| އިމާރާތްކުރުމުގައި ބޭނުންކުރާ އާލާތްތައް | 0523 |
| އިމާރާތްކުރުމުގައި ބޭނުންކުރާ ތަކެތި | 0524 |
| އިމާރާތްކުރުމުގައި ބޭނުންކުރާ އާ އުފެއްދުން | 0525 |
| އިމާރާތް ފަރުމާކުރުމުގެ ޑިޒައިންތައް (ތްރީޑީ / މޮޑެލް) | 0526 |
| އެތެރެ ފަރުމާ (އިންޓީރިއަރ ޑިޒައިން) - ތްރީޑީ ނުވަތަ މޮޑެލް | 0527 |
| އިމާރާތް ކުރުމުގެ ދާއިރާގެ އެހެނިހެން އުފެއްދުންތައް | 0528 |
6. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
| ބާވަތް | ކޯޑު |
|---|---|
| ފޯނު އެޕްލިކޭޝަން | 0629 |
| ކޮންޕިއުޓަރު ސޮފްޓްވެއަރ | 0630 |
| ކޮންޕިއުޓަރު އެނިމޭޝަންގެ މަސައްކަތް | 0631 |
| ދިވެހިރާއްޖޭގެ ސިނާއަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ | 0632 |
| އިލެކްޓްރޯނިކްސް އެންޑް އާޓިފިޝަލް އިންޓަލިޖެންސް | 0633 |
| ގޭމިންގ | 0634 |
| ރޮބަޓްސް އެންޑް ރޮބަޓް ޓެކްނޮލޮޖީ | 0635 |
| 3 ޑީ VR ގެ އުފެއްދުންތައް | 0636 |
| އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އެހެނިހެން އުފެއްދުންތައް | 0637 |
7. ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން
| ބާވަތް | ކޯޑު |
|---|---|
| ކުރެހުން (ޑްރޯވިންގ) | 0738 |
| 3D އާޓްސް | 0739 |
| ޕެއިންޓިންގ | 0740 |
| ސްކަލްޕްޗަރ އަދި މޮނިއުމެންޓްސް | 0741 |
| ޑިޖިޓަލް އާޓްސް | 0742 |
| ކެލިގްރަފީ | 0743 |
| ޕޯސްޓް ކާޑު | 0744 |
| ފޮޓޮގްރަފީ | 0745 |
| ޑޮކިއުމެންޓަރީ (5 މިނެޓާއި 30 މިނެޓާއި ދެމެދު) | 0746 |
| އާޓްގެ އެހެނިހެން ބާވަތްތައް | 0747 |
8. ފެޝަން އެންޑް ޑިޒައިން
| ބާވަތް | ކޯޑު |
|---|---|
| ފޮތީގެ އަދި ފެހުމުގެ އުފެއްދުން | 0848 |
| ފޮތި ޑިޒައިންކުރުން | 0849 |
| އަތުން ނުވަތަ ފަހާފޮށިން މާޖެހުމާއި ޖަރީ ކުރުމުގެ އުފެއްދުންތައް | 0850 |
| އެމްބްރޮއިޑަރީ މަސައްކަތް | 0851 |
| ފެޝަން އެންޑް ޑިޒައިންގެ އެހެނިހެން އުފެއްދުންތައް | 0852 |
9. ޖުވެލަރީ އެންޑް އެކްސަސަރީޒް
| ބާވަތް | ކޯޑު |
|---|---|
| ރަނާއި ރިހި އަދި އެހެނިހެން މައުދަނުގެ އުފެއްދުން | 0953 |
| ބޫޓު / ދަބަސް ފަދަ ތަކެތި | 0954 |
| ޕަރސަނަލް އެކްސެސަރީޒް | 0955 |
| ޖުވެލަރީ އެންޑް އެކްސަސަރީޒުގެ އެހެނިހެން އުފެއްދުންތައް | 0956 |
10. ހަކަތަ (އެނަރޖީ)
| ބާވަތް | ކޯޑު |
|---|---|
| އިޔާދަކުރަނިވި ހަކަތައާއި ތިމާވެއްޓާ ރައްޓެހި (ރިނިއުއެބަލް / ގްރީން އެނަރޖީ) ހަކަތައިގެ އުފެއްދުންތައް | 1057 |
| ސިންގަލް ޔޫސްޑް ޕްލާސްޓިކް ވީހާވެސް މަދުން ބޭނުންކުރެވޭނެ ގޮތްތަކެއް ނުވަތަ ތަކެތި | 1058 |
11. ކާބޯތަކެތި
| ބާވަތް | ކޯޑު |
|---|---|
| ގިނަދުވަހު ހުންނަގޮތަށް ބަންދުކޮށްފައިވާ ކާތަކެތި | 1159 |
| ގިނަދުވަހު ހުންނަގޮތަށް ބަންދުކޮށްފައިވާ އެކިބާވަތުގެ ބުއިންތައް | 1160 |
| ތިމާވެއްޓާއި ރަހުމަތްތެރިގޮތަށް ބަންދުކޮށްފައިވާ ކާބޯތަކެތި | 1161 |
| ކާބޯތަކެތީގެ އެހެނިހެން އުފެއްދުންތައް | 1163 |
12. މެޝިނަރީ އެންޑް އިކްއިޕްމަންޓްސް
| ބާވަތް | ކޯޑު |
|---|---|
| މަސައްކަތްތައް ލުއިފަސޭހަ ކުރުމުގެ ގޮތުން ބޭނުންކުރާ މެޝިނަރީ އާއި އިކްއިޕްމަންޓްސް | 1264 |
| އިލެކްޓްރޯނިކްސް ގެ އުފެއްދުންތައް | 1265 |
| ބޭނުންކޮށްފައިވާ ތަކެތި ރީސައިކަލް ކުރެވޭ މެޝިނަރީއާއި އިކްޕްމަންޓްސް | 1266 |
| ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ތަކެތި | 1267 |
| އެހިނިހެން މެޝިނަރީ އާއި އިކްއިޕްމަންޓްސް | 1268 |
13. ލަކުޑީގެ އުފެއްދުންތައް
| ބާވަތް | ކޯޑު |
|---|---|
| ތެދުއުއި ވަޑާމުގެ އުފެއްދުންތައް | 1369 |
| ލަކުޑި ބޭނުންކޮށްގެން އުފައްދާފައިވާ އެހެނިހެން އުފެއްދުންތައް | 1370 |
14. ބަހުގެ އުފެއްދުންތައް
| ބާވަތް | ކޯޑު |
|---|---|
| އުގެނުމާއި އުނގަންނައިދިނުމުގެ އެހީ (ލިޔުންތައް) އޯޑިއޯ ވިސުއަލް | 1471 |
| އުގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރާ ޑިޖިޓަލް އުފެއްދުންތައް | 1472 |
| ފޮތް | 1473 |
| މުނިފޫހިފިލުމުގެ ލިޔުންތައް | 1474 |
| ޅެންވެރިކަމުގެ އުފެއްދުންތައް | 1475 |
| ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަ ކުރެވޭ އުގަންނާދޭ ތަކެތި | 1476 |
| ތާރީޚީ ލިޔުންތައް | 1477 |
| ކުޑަކުދިންގެ ފޮތް | 1478 |
| ކުޑަކުދިންގެ ކުޅޭސާމާނު | 1479 |
15. އެހެނިހެން
| ބާވަތް | ކޯޑު |
|---|---|
| ދިވެހި ބޭސްވެރިކަމުގެ އުފެއްދުންތައް | 1580 |
| ކޭކް ޑެކެރޭޓް ކުރުން | 1581 |
| ފައިބަރުގެ މަސައްކަތް | 1582 |
| އެހެނިހެން | 1583 |
